މާލެއާއި ވިލިމާލެ ދެމެދު ކަނޑުން އެއްޗެއް ގޮވި އަޑު އިވިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެ

ތާރީޚް: 16-09-2022, 02:00


މާލެއާއި ވިލިމާލެ ދެމެދު ކަނޑުން އެއްޗެއް ގޮވި އަޑު އިވިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

ސެޕްޓެންބަރު 15 ވަނަ ދުވަހުގެ ރޭ 21:10 ހާއިރު މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުން އެއްޗެއް ގޮވިކަމުގެ މަޢުލޫމާތު މެރިން ޕޮލިހުން އެންގުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ވަނީ އެއަޑު އިވުން ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. އަދި ކޯސްޓްގާޑު ސިފައިން ގޮސް ބެލިބެލުމުން އެ އަޑަކީ އެ ސަރަހައްދުގައި އަޅާފައި އޮތް ސަބްމެރީންގެ އޮކްސިޖަން ކޮމްޕާޓްމަންޓްގެ އޮކްސިޖަން ސިލިންޑަރެއް ޕްރެޝަރުން ނައްޓައިގެން ގޮސް ވިއްސައިގެން ދިޔުމުން އިވުނު އަޑެއްކަން ވަނީ ފާހަގަކުރެވިފައެވެ. މި ހާދިސާގައި ސަބްމެރިންގެ ބައެއް ތަކެއްޗައް  ވަނީ އެކި ވަރުގެ ގެއްލުންތަައް ލިބިފައެވެ. ކޯސްޓްގާޑުގެ ސިފައިން ވަނީ ސަބްމެރިންގެ ވެރިފަރާތުން އެހީތެރިކަމަށް އެދުމުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.