ޑީ ޓެކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބޭސިކް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފި

ތާރީޚް: 17-09-2022, 23:44


ޑީ ޓެކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބޭސިކް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.

ކ.ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމުގައި ޑީ ޓެކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 18 މުވައްޒަފަކު ބައިވެރިވިއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.