އޮޒެން މާދޫ ރިސޯޓުގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ފަށައިފި

ތާރީޚް: 17-09-2022, 23:49


އޮޒެން މާދޫ ރިސޯޓުގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ފަށައިފިއެވެ.

ކ.ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ސެޕްޓެންބަރު މަހުގެ 17 ން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި  އޯޒެން މާދޫ ރިސޯޓުގެ 09 މުވައްޒަފަކު ބައިވެރިވެއެވެ.

މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ދަސްކޮށްދިނުން ހިމެނެއެވެ.

މި ތަމްރީނު ކޯހަކީ ރިސޯޓުތަކުގައި ޤާއިމުކުރެވޭ އިންޑަސްޓްރިއަލް ފަޔަރ ސްކޮޑުގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ މަސައްކަތް ކުރެވޭ ފެންވަރަށް ޢިލްމާއި ހުނަރު އުގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.