ޒަޚަމްތަކެއް ލިބުނު މަސްވެރިއަކަށް، އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 18-09-2022, 14:55


ޅ.އަތޮޅު އެތެރެވަރިން ޅ.ކުރެންދޫގެ އިރުން 5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެ އުޅުނު "އަރާކުރި" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 40 އަހަރުގެ މަސްވެރިއެއް ވެއްޓި ޒަޚަމްތަކެއް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު 13:30 ހާއިރުއެވެ. އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ޒަޚަމްތައް ލިބިފައިއޮތް މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑު "ހާބަރ ކްރާފްޓް 115" އުޅަނދަށް އެ މީހާ ނެގުމަށްފަހު، މިއަދު 14:18 ހާއިރު ޅ.ނައިފަރަށް ގެންގޮސްދީފައެވެ.