މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ފ.ހިމިތި ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ސިފައިން ހަރަކާތްތެރިވަނީ

ތާރީޚް: 21-09-2022, 15:45


12 މީހުންނާއެކު މަސްވެރިކަން ކުރަމުންދިޔަ ކ.ގާފަރު، "ހުދަންބަރު 12" ނަމަކަށް ކިޔާ 28 ފޫޓުގެ މަސްދޯންޏެއް ފ.ހިމިތި ކަނޑުގެ ދެކުނު ފަރާތު ކަންމަތީ ފަރަށް އަރައިގެން އެމްއެންޑިއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ. މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ހާބަރކްރާފް 111 އުޅަނދުގައި ސިފައިން އެ ސަރަހައްދަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.