ވިލިމާލޭ މުހިއްޔުއްދީން ސްކޫލުގެ ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކޮށްފި

ތާރީޚް: 21-09-2022, 15:50


ސްކޫލުގެ ތިމާވެށި ފިލާވަޅުގެ ކަރިކިޔުލަމްގައި ހިމެނޭ "ޕްލާންޓްސް އެންޑް ހެބިޓްސް" ފިލާވަޅާ ބެހޭ މަޢުލޫމާތު ހޯދުމަށް މުހިއްޔުއްދީން ސްކޫލުގެ ދަރިވަރުން ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި، މުހިއްޔުއްދީން ސްކޫލުގެ ގުރޭޑު 3 ގެ 75 ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކުރިއެވެ. އެ ދަރިވަރުންނަށް އެމްއާރުސީސީގެ ފަރާތުން ވަނީ، އެމްއާރުސީސީގެ ބަގީޗާގައި ހައްދާފައިވާ ގަސްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން ވެސް ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެމްއާރުސީސީއާ ގުޅޭ މަޢުލޫމާތު ވެސް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.

މުހިއްދީން ސްކޫލުގެ ބައެއް ޓީޗަރުންވެސް ބައިވެރިވި މި ޒިޔާރަތުގައި އެމްއާރުސީސީގެ ފަރާތުން މަޢުލޫމާތު ދެއްވީ އެމްއާރުސީސީގައި މަސައްކަތް ކުރާ ސިފައިންނެވެ.