ތާރީޚް: 22-09-2022, 14:44
ސްކޫލުގެ ތިމާވެށި ފިލާވަޅުގެ ކަރިކިޔުލަމްގައި ހިމެނޭ "ޕްލާންޓްސް އެންޑް ހެބިޓްސް" ފިލާވަޅާ ބެހޭ މަޢުލޫމާތު ހޯދުމަށް ހުރަވީ ސްކޫލުގެ ދަރިވަރުން ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތުގައި، އެ ސްކޫލުގެ ގުރޭޑު 345 ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކުރިއެވެ. އެ ދަރިވަރުންނަށް އެމްއާރުސީސީގެ ފަރާތުން ވަނީ، އެމްއާރުސީސީގެ ބަގީޗާގައި ހައްދާފައިވާ ގަސްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން ވެސް ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެމްއާރުސީސީއާ ގުޅޭ މަޢުލޫމާތު ވެސް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.
ހުރަވީ ސްކޫލުގެ ބައެއް ޓީޗަރުން ވެސް ބައިވެރިވި މި ޒިޔާރަތުގައި އެމްއާރުސީސީގެ ފަރާތުން މަޢުލޫމާތު ދެއްވީ އެމްއާރުސީސީގައި މަސައްކަތްކުރާ ސިފައިންނެވެ.
© mndf 2020 | All rights reserved.