ތާރީޚް: 22-09-2022, 16:38
ކޮއްދިއްޕަރު ރިސޯޓް ކައިރިން ލޯންޗެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 12:09 ހާއިރު ލިބުމާއެކު، އެފްއާރުއެސްގެ ފަޔަރމަނުންވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ދަތުުރުކޮށްފައެވެ. ހާދިސާ ހިނގި ވަގުތުގައި ލޯންޗުގައި އެއްވެސް މީހަކު ނެތްއިރު، އަލިފާން ރޯވެފައިވަނީ ލޯންޗުގެ ފަހަތުކޮޅުގައެވެ. އެ ލޯންޗުގައި ރޯވި އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
© mndf 2020 | All rights reserved.