ރެހެންދި ސްކޫލުގެ ކަރަންޓް ބޯޑުތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ތާރީޚް: 14-11-2022, 08:20


ރެހެންދި ސްކޫލުގެ ކަރަންޓް ބޯޑުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެ، މި އަދު 07:19 ހާއިރު ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:05 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.