ނޮދަން އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓުން ނ.މަނަދޫގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 19-11-2022, 14:34


ނ.މަނަދޫގައި ހުންނަ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ނ.މަނަދޫގެ އެކިއެކި މުއައްސަސާތަކުން 31 މުވައްޒަފުންނަށް މިއަދު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކިޔަވައިދިނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނެވެ. މި ޕްރޮގްރާމުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެ ގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި، މި ޕްރޮގްރާމްގައި، ބައިވެރިންނަށް ވަނީ އަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ކިޔައިދީފައެވެ.