އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފި

ތާރީޚް: 19-11-2022, 14:37


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް، ބޭސިކް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.

ކ.ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި މިއަދު (19 ނޮވެންބަރު 2022) ހިންގި މި ޕްރޮގްރާމުގައި އައިލެންޑް އޭވިއޭޝަންގެ 24 މުވައްޒަފަކު ބައިވެރިވިއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.