އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އދ.އަތޮޅު މަދަރުސާގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 19-11-2022, 20:25


އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން، އދ.އަތޮޅު މަދަރުސާގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އދ.އަތޮޅު މަދަރުސާގައި ތަޢުލީމު ހާސިލުކުރަމުންދާ ގުރޭޑު 5، 6، 7 އަދި 8 ގެ ދަރިވަރުންގެ ސޯޝަލް ސްޓަޑީޒް މާއްދާގެ ފިލާވަޅުތަކަށް ބޭނުންވާ ނެވިގޭޝަނާއި ޗާޓުވޯކްގެ މަޢުލޫމާތު ދިނުމަށް، އެ މަދަރުސާގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި 98 ދަރިވަރުންނާއި، 18 ޓީޗަރުންގެ އިތުރުން އެ ސްކޫލުގެ ޕްރިންސިޕަލް ވެސް ބައިވެރިވެލެއްވިއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންތަކަށްފަހު، އދ.އަތޮޅު މަދަރުސާގެ 135 ދަރިވަރުންނާއި 14 ޓީޗަރުން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" އަށް ޒިޔާރަތްކޮށް، އެ އުޅަނދުގައި ބޭނުންކުރާ އާލާތްތަކާ ބެހޭ މަޢުލޫމާތު ހޯދާފައެވެ.