ތާރީޚް: 20-11-2022, 21:05
ނ.ހޮޅުދޫ މޭނާ ސްކޫލުގެ ދަރިވަރުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ނ.ހޮޅުދޫ މޭނާ ސްކޫލުގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ މި ކުލާހުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެ ގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. މި ކުލާހުގައި ދަރިވަރުންނަށް ވަނީ އަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ އެ ދަރިވަރުންނަށް އަލިފާން ނިއްވުމުގެ ހުނަރުތައް ކިޔައިދީފައެވެ.
ނ.ހޮޅުދޫ މޭނާ ސްކޫލުގެ 49 ދަރިވަރުން ބައިވެރިވި މި ފަޔަރ އެވެއަރނަސް ކުލާހުގައި މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނެވެ.
© mndf 2020 | All rights reserved.