ހުރަވީ ސުކޫލުގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަޔަރ އެވެއަރނަސް ތިއަރީ ސެޝަނެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 21-11-2022, 10:22


ހުރަވީ ސުކޫލުގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަޔަރ އެވެއަރނަސް ތިއަރީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ނޮވެންބަރު 20 ވަނަ ދުވަހު ހުރަވީ ސްކޫލުގައި ހިންގި މި ސެޝަންގައި އެ ސުކޫލުގައި މަސައްކަތްކުރާ 96 މުވައްޒަފުން ބައިވެރިވިއެވެ.

މި ސެޝަންގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓާ ބެހޭ މަޢުލޫމާތު ހިމެނެއެވެ.

މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.