ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް، ބޭސިކް ފަޔަރ އެވެއަރނަސް އަދި އިވެކުއޭޝަން ޑްރިލްގެ ތިއަރީ ސެޝަނެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 22-11-2022, 21:55


ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ބޭސިކް ފަޔަރ އެވެއަރނަސް އަދި އިވެކުއޭޝަން ޑްރިލްގެ ތިއަރީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ނޮވެންބަރު 21 ވަނަ ދުވަހު ޕެންޝަން އޮފީހުގައި ހިންގި މި ސެޝަންގައި އެ އޮފީހުގައި މަސައްކަތްކުރާ 37 މުވައްޒަފުން ބައިވެރިވިއެވެ.

މި ސެޝަންގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓާ ބެހޭ މަޢުލޫމާތު ހިމެނެއެވެ. އަދި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އިވެކުއޭޓް ކުރުމުގައި އަމަލުކުރަން ޖެހޭގޮތް ވަނީ ކިޔައިދީފައެވެ.

މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ސިފައިންނެވެ.