ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތާރީޚް: 24-11-2022, 14:24


ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އުމުރުން 42 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 13:00 ހާއިރުއެވެ.