ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަަށް ޒިޔާރަތްކޮށްފި

ތާރީޚް: 24-11-2022, 14:56


ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 3 ގެ ދަރިވަރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

އެ ސްކޫލުގެ ގުރޭޑް 3 ގެ 60 ދަރިވަރުން، އެމްއެންޑީއެފް ހދ.ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަަށް ކުރި ޒިޔާރަތުގައި، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ. އަދި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާ، އެ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން އެ ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.

މި ޒިޔާރަތުގައި، މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން ކޮމާންޑް، ހދ.ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނެވެ.