ތާރީޚް: 24-11-2022, 14:56
ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ 43 ދަރިވަރުންނާއި، 4 ޓީޗަރުންނާއި، ހެލްތު އޮފިސަރަކު އެމްއެންޑީއެފް އެފްއާރުޓީއެސްއަށް ކުރި ޒިޔާރަތުގައި، ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތާއި، ގައިގައި އަލިފާން ރޯވެއްޖެނަމަ އަމަލުކުރާނެ ގޮތާއި، ބިލްޑިންގ އިވެކުއޭޝަންއެއްގައި އަމަލުކުރާނެ ގޮތާއި، ފަޔަރ ފައިޓަރުންގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި، މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.
© mndf 2020 | All rights reserved.