މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 24-11-2022, 17:05


މަސްވެރިކަމަށް ނުކުމެ އުޅުނު "ހަނދުވަރީ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 43 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހއ.އިހަވަންދޫގެ އިރުން 18 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު 11:14 ހާއިރުއެވެ. އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް،  އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި އަނިޔާ ލިބުނު މީހާ ވަނީ މިއަދު 13:31 ހާއިރު ހދ.ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ.