ތާރީޚް: 16-01-2023, 21:26
ޏ.ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މިރޭ މާލެ ގެނެސްދީފިއެވެ.
އުމުރުން 41 އަހަރުގެ މި ފިރިހެން މީހާ މާލެ ގެނެސްދީފައި ވަނީ، ސިއްހީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި މީހާ މާލެ ގެނެސްފައި ވަނީ މިރޭ 20:24 ހާއިރުއެވެ.
© mndf 2020 | All rights reserved.