މުދާ ހިފައިގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ތާރީޚް: 17-01-2023, 04:55


މުދާ ހިފައިންގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މިހާދިސާގެ ރިޕޯޓް މިރޭ 02:07 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. 6 ފަޅުވެރިންނާއި އެކު ދަތުރުކުރަމުންދިޔަ، 85 ފޫޓުގެ މި ސަޕްލައި ދޯންޏަކީ މުދާ ހިފައިގެން މާލެއިން އައްޑޫ އަތޮޅު ހެރެތެރެ ރިސޯޓަށް ދަތުރުކުރަމުންދިޔަ "ބޮނިތޯ ކެރިއާ" ނަމަކަށް ކިޔާ ދޯންޏެކެވެ.
މި ހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.