އަފީފުއްދީން ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި

ތާރީޚް: 17-01-2023, 16:00


ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ 30 ދަރިވަރުންނާއި 3 މުދައްރިސުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ 30 ދަރިވަރުންނާއި 3 މުދައްރިސުން، އެމްއެންޑީއެފް ހދ.ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ކުރި ޒިޔާރަތުގައި، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ. އަދި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާ، އެ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން އެ ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.
މި ޒިޔާރަތުގައި، މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން ކޮމާންޑް، ހދ.ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނެވެ.