ތާރީޚް: 18-01-2023, 20:45
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާސް، ކ.އަތޮޅު ބައެއް ރަށްތަކުގެ ކައުންސިލްތަކާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މިގޮތުން، ޖަނަވަރީ 18 ވަނަ ދުވަހު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާސް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން، ކ.ކާށިދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ކ.ގުރައިދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ވަކިވަކިން ބައްދަލުކުރައްވާފައިވެއެވެ.
މި ރަށްރަށުގެ ކައުންސިލް އިދާރާތަކުގައި ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި، މި ރަށްތަކުގެ ހާލަތު ދެނެގަތުމާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން ކައުންސިލްތަކުން ސިފައިންގެ ފަރާތުން ބޭނުންވާ އިޖުތިމާޢީ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާސް ވަނީ ކ.ކާށިދޫގައި ހުންނަ ރާޑަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އެތަން ބައްލަވާލައްވާފައެވެ.
© mndf 2020 | All rights reserved.