މަޑުއްވަރީ ފަރަށް އެރި ދޯންޏެއް ފުންކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ތާރީޚް: 19-01-2023, 06:15


އެން ހިފަން އުޅުނު "ރޭވަން" ނަމަކަށް ކިޔާ ދޯންޏެއް މ.މަޑުއްވަރީ ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެ ދޯނި ފުންކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ މިރޭ (18 ޖަނަވަރީ) ގެ 22:40 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިގޮތުން ކޯސްޓްގާޑު ސިފައިންގެ އެހީތެރިކަމާއެކު އެ ދޯނި ފުންކުރުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

ހާދިސާ ހިނގިއިރު 40 ފޫޓުގެ އެ ދޯނީގައި ތިބީ 9 ފަޅުވެރިންނެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅެވެ.