ތާރީޚް: 19-01-2023, 13:10
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަރާތުން އިސްކަންދަރު ސްކޫލުގެ ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ޖަނަވަރީ 18 ވަނަ ދުވަހު އިސްކަންދަރު ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އެ ސްކޫލުގެ ގްރޭޑް 2 ގައި ތަޢުލީމު ހާސިލުކުރަމުންދާ 180 ދަރިވަރުން ބައިވެރިވިއެވެ. މި ފަޔަރ ސޭފްޓީ ސެޝަންގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ފަޔަރ ބްލޭންކެޓާއި ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.
މި ސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ސިފައިންނެވެ.
© mndf 2020 | All rights reserved.