ތާރީޚް: 19-01-2023, 19:35
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ފާތިޙް، ފ.އަތޮޅު ބައެއް ރަށްތަކުގެ ކައުންސިލްތަކާއި އެ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވައިފިއެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ މިއަދު ފ.އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ފ.އަތޮޅު ކައުންސިލާއި، ފ.ނިލަންދޫ ކައުންސިލާއި، ފ.ދަރަނބޫދޫ ކައުންސިލާއި، ފ.މަގޫދޫ ކައުންސިލްގެ އިތުރުން ފ.ބިލެއްދޫ ކައުންސިލް މެންބަރުންނާއި އެ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ވަކިވަކީން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ތަކުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން 2023 ވަނަ އަހަރު ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިޖުތިމާޢީ ހަރަކާތްތަކާއި، ސީ އެމްބިއުލޭންސްގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެޑްމިން އެންޑް ޕާސަނަލް އޮފިސަރ (އެސް 1) ކެޕްޓަން ޙުސައިން ޝިފާއުއާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖަރ، އެސްއެމް އަޙްމަދު މުޖުތަބާއާއި އެފްއާރުއެސް ކޮމްޕޯނަންޓްގެ ކޮމާންޑަރ، ސާޖަންޓް ފަސްޓް ކްލާސް އަޙްމަދު އަސްލަމް ބައިވެރިވެލެއްވިއެވެ.
© mndf 2020 | All rights reserved.