ތާރީޚް: 19-01-2023, 22:37
އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީއަށް، މާފަންނު މަދަރުސާގެ ދަރިވަރުން މިއަދު ޒިޔާރަތްކޮށްފިއެވެ.
މާފަންނު މަދަރުސާގެ ޔޫކޭޖީގައި ތަޢުލީމު ހާސިލުކުރަމުންދާ 60 ދަރިވަރުން ބައިވެރިވި މި ޒިޔާރަތުގައި، އެ ސްކޫލުގެ ދަރިވަރުންނަށް ކަނޑުމަތީގެ ނެވިގޭޝަނަލް ޗާޓް އަދި އިކްއިޕްމެންޓްތައް ވަނީ ދައްކާލާފައެވެ. މީގެއިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގައި ބޭނުންކުރާ ނެވިގޭޝަނަލް އެއިޑްސްގެ މަޢުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި، މާފަންނު މަދަރުސާގެ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ހުރަވީގައި މަސައްކަތް ކުރަމުންދާ ސިފައިންނެވެ.
© mndf 2020 | All rights reserved.