ތާރީޚް: 20-01-2023, 16:45
ހދ. ކުޅުދުއްފުށި އަތޮޅު ތަޢުލީމީ މަރުކަޒުގެ ލިޓްލްމެއިޑް އަދި ގާލްގައިޑުންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުން ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ހދ. ކުޅުދުއްފުށި އަތޮޅު ތަޢުލީމީ މަރުކަޒުގެ ބައެއް ޓީޗަރުން ވެސް ބައިވެރިވި މި ކުލާހުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެ ގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. މި ކުލާހުގައި ދަރިވަރުންނަށް ވަނީ އަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އެ ދަރިވަރުންނަށް އަލިފާން ނިއްވުމުގެ ހުނަރުތައް ކިޔައިދީފައެވެ.
ހދ. ކުޅުދުއްފުށި އަތޮޅު ތަޢުލީމީ މަރުކަޒުގެ ލިޓްލްމެއިޑް އަދި ގާލްގައިޑުގެ 34 ދަރިވަރުންނާއި 15 ޓީޗަރުން ބައިވެރިވި މި ފަޔަރ އެވެއަރނަސް ކުލާހުގައި މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނެވެ.
© mndf 2020 | All rights reserved.