ތާރީޚް: 20-01-2023, 22:40
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ޖަމާލުއްދީން ސްކޫލުގެ ލިޓްލްމެއިޑާއި ގާލްގައިޑުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ޖަނަވަރީ 20 ވަނަ ދުވަހު ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އެ ސްކޫލުގައި ކިޔަވަމުންދާ ލިޓްލްމެއިޑް އަދި ގާލްގައިޑު 161 ދަރިވަރުން ބައިވެރިވިއެވެ.
މި ފަޔަރ ސޭފްޓީ ސެޝަންގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ފަޔަރ ބްލޭންކެޓާއި ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.
މި ސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ސިފައިންނެވެ.
© mndf 2020 | All rights reserved.