ތާރީޚް: 21-01-2023, 16:05
ހއ.ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން، ކިނބުލެއް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
މި ކިނބޫ ފެނިފައިވަނީ ދޯންޏެއްގައި މަސް ބާނަން އެ ސަރަހައްދަށް ނިކުމެއުޅުނު ބަޔަކަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 12:50 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ދިޔައިރު، އެ ސަރަހައްދުގައި މަސްބާނަން އުޅުނު ދޯނިން އޮތީ ކަންވާރެއްގައި ކިނބޫ ބާނާފައެވެ. އަދި ސިފައިން، އެމްއެންޑީއެފް ކޯސްޓްގާޑު އުޅަނދަށް އެ ކިނބޫ ނެގިއެވެ.
ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުރި މި ކިނބޫ ހިފުމަށްފަހު ހޯރަފުށީގެ ހުޅަނގުން 45 ވަރަކަށް ނޯޓިކަލް މޭލު ބޭރަށް މިހާރު ވަނީ ދޫކޮށްލާފައެވެ.
© mndf 2020 | All rights reserved.