ތާރީޚް: 22-01-2023, 08:30
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ރޭ މާލެ ގެނެސްދީފިއެވެ.
އުމުރުން 57 އަހަރުގެ މި ފިރިހެން މީހާ މާލެ ގެނެސްދީފައި ވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްފައި ވަނީ ރޭ ދަންވަރު 01:30 ހާއިރުއެވެ.
© mndf 2020 | All rights reserved.