ތާރީޚް: 23-01-2023, 16:30
ހުރަވީ ސްކޫލުގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބޭސިކް ފަޔަރ އެވެއަރނަސް ތިއަރީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ޖަނަވަރީ 22 ވަނަ ދުވަހު ހުރަވީ ސްކޫލުގައި ހިންގި މި ސެޝަންގައި އެ ސްކޫލުގައި މަސައްކަތްކުރާ 110 މުވައްޒަފުން ބައިވެރިވިއެވެ.
މި ސެޝަންގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓާ ބެހޭ މަޢުލޫމާތު ހިމެނެއެވެ. އަދި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އިވެކުއޭޓް ކުރުމުގައި އަމަލުކުރަން ޖެހޭގޮތް ވަނީ ކިޔައިދީފައެވެ.
މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.
© mndf 2020 | All rights reserved.