މަޑިފުށީގެ ހުޅަނގުފަރާތު ފަރަށް ސަފާރީއެއް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ތާރީޚް: 24-01-2023, 06:33


ފަސް މީހުންނާ އެކު ތ.ދިޔަމިނގިއްޔަށް ދަތުރުކުރި "ރެޑްމޫން" ނަމަކަށްކިޔާ ސަފާރީއެއް ތ.މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ މިރޭ (23 ޖަނަވަރީ) ގެ 19:40 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ޑައިވަރުން ޑައިވްކޮށް ސަފާރީއަށް ލިބިފައިހުރި ގެއްލުންތައް ދަނީ ބަލަމުންނެވެ. ސަފާރީ ފަރަށް އަރައި، ބީހުމުގެ ސަބަބުން އުޅަނދުގެ ބަނޑުފިލައިގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސްފައިވާތީ ދަނީ ދިޔަވަމުންނެވެ.

މި ސަފާރީއަކީ ތ.ދިޔަމިނގިލި ޔާޑަށް ނެގުމަށް އެ ރަށަށް ދަތުރުކުރަމުންދިޔަ އުޅަނދެއްކަމުން މި ވަގުތު އެއްވެސް ފަތުރުވެރިއެއް އެ ސަފާރީގައި ނެތެވެ. އަދި ސަފާރީގެ ހުރިހާ ފަޅުވެރިންގެ ހާލު ރަނގަޅެވެ.