ތާރީޚް: 24-01-2023, 11:25
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހުރަވީ ސްކޫލުގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނެސްގެ ޕްރެކްޓިކަލް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ޖަނަވަރީ 23 ވަނަ ދުވަހުގެ ރޭ ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ސްކޫލުގެ 117 މުވައްޒަފުން ބައިވެރިވިއެވެ.
މި ކުލާހުގައި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި ޢަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ކިޔައިދީފައެވެ.
މި ކުލާހުގައި ކިޔަވައިދިނީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.
© mndf 2020 | All rights reserved.