ތާރީޚް: 26-01-2023, 01:31
މާލޭގެ ދެކުނުފަރާތު ފަޅުތެރޭގައި އަޅާފައި އޮތް "ބީސްޓް" ނަމަކަށް ކިޔާ ލޯންޗަކަށް ދިޔަވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ (25 ޖަނަވަރީ) 22:27 ހާއިރުއެވެ. މިކަމުގެ ރިޕޯޓް ލިބުމާ އެކު އެފްއާރުއެސްގެ ސިފައިން ވަނީ ދިޔަ ހިއްކާނެ ޕަންޕާއެކު ލޯންޗު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
© mndf 2020 | All rights reserved.