ތާރީޚް: 26-01-2023, 20:45
ގއ.ކަނޑުހުޅުދޫ ސްކޫލުގެ ސްކައުޓުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުން ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ގއ.ކަނޑުހުޅުދޫ ސްކޫލުގެ 45 ސްކައުޓުން ބައިވެރިވި މި ކުލާހުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެ ގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. މި ކުލާހުގައި ސްކައުޓުންނަށް ވަނީ އަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އެ ސްކައުޓުންނަށް އަލިފާން ނިއްވުމުގެ ހުނަރުތައް ކިޔައިދީފައެވެ.
ޖަނަވަރީ 26 ވަނަ ދުވަހު ގއ.ކަނޑުހުޅުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ފަޔަރ އެވެއަރނަސް ކުލާހުގައި މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.
© mndf 2020 | All rights reserved.