ހުރަވީ ސްކޫލުގެ މުވައްޒަފުންނަށް "ރިސްކް މެނޭޖްމަންޓް" ކުލާހެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 26-01-2023, 22:16


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހުރަވީ ސްކޫލުގެ މުވައްޒަފުންނަށް "ރިސްކް މެނޭޖްމަންޓް"އާ ގުޅޭ ތިއަރީ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

ޖަނަވަރީ 25 ވަނަ ދުވަހުގެ ރޭ ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ސްކޫލުގެ 103 މުވައްޒަފުން ބައިވެރިވިއެވެ.

މި ކުލާހުގައި، އަލިފާނުގެ ހާދިސާއެއް ދިމާވުމުން ނުވަތަ ދިމާވުމުގެ ކުރިން ލިބިދާނެ ގެއްލުން ދެނެގަންނާނެގޮތާއި، ލިބިދާނެ ގެއްލުން މަދު ކުރާނެގޮތާއި، އަދި އެކިއެކި އިވެންޓްތައް ހިންގުމުގައި ސަމާލުކަންދޭންވީ ކަންތައްތައް ދުރާލައި ބެލުމަށް ވޯކްޝީޓް ހަދާނެގޮތުގެ އިތުރުން ލިބޭ ގެއްލުންތައް މަދުކުރުމަށް ކޮންމެ ދުވަހަކު ވެސް ބަލަންޖެހޭ ބައިތައް ހިމެނޭ ޝީޓް ހަދާނެގޮތް ވަނީ ކިޔައިދީފައެވެ.

މި ކުލާހުގައި ކިޔަވައިދިނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.