ޏ.ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ގެނެސްދީފި

ތާރީޚް: 27-01-2023, 10:10


ޏ.ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ގެނެސްދީފިއެވެ.

އުމުރުން 59 އަހަރުގެ މި އަންހެން މީހާ މާލެ ގެނެސްދީފައި ވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް،  ފަރުވާދިނުމަށް މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

 އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި މީހާ މާލެ ގެނެސްފައި ވަނީ މިއަދު 08:43 ހާއިރުއެވެ.