ހުރަވީ ސްކޫލުގެ ބެލެނިވެރިންނަށް، ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 27-01-2023, 17:45


ހުރަވީ ސްކޫލުގެ ބެލެނިވެރިންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ޖަނަވަރީ 26 ވަނަ ދުވަހުގެ ރޭ ހުރަވީ ސްކޫލުގައި ހިންގި މި ސެޝަންގައި އެ ސްކޫލުގެ 300 ބެލެނިވެރިން ބައިވެރިވިއެވެ.

މި ސެޝަންގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓާ ބެހޭ މަޢުލޫމާތު ހިމެނެއެވެ. އަދި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އިވެކުއޭޓް ކުރުމުގައި އަމަލުކުރަން ޖެހޭގޮތް ވަނީ ކިޔައިދީފައެވެ.

މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.