ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކައުޓުންނާއި ކަބްސްކައުޓުންނަށް "ބޭސިކް ފަސްޓް އެއިޑް" ޕްރޮގްރާމެއް ފަށައިފި

ތާރީޚް: 27-02-2023, 07:54


ލ.އަތޮޅު ތަޢުލީމީ މަރުކަޒާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ގުޅިގެން އެ މަރުކަޒުގެ ސްކައުޓުންނާއި ކަބްސްކައުޓުންނަށް އަމާޒުކޮށްގެން "ބޭސިކް ފަސްޓް އެއިޑް" ޕްރޮގްރާމެއް ފަށައިފިއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ފެބުރުވަރީ 26 ން މާރިޗް 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމްގައި އެ މަރުކަޒުގެ 15 ސްކައުޓުންނާއި 55 ކަބްސްކައުޓުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި، ފުރަތަމައެހީ ދޭންޖެހޭ އެކިއެކި ހާލަތްތަކުގައި، ނަފްސުގެ އިތުބާރާއެކު ފުރަތަމައެހީ ފުރިހަމަގޮތުގައި ފޯރުކޮށްދޭ ޤާބިލު ބަޔަކަށް ހެދުމަށް ޢަމަލީ ތަމްރީނުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ މި ދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.