ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ބޭއްވި ޢާއިލީ ހަވީރުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

ތާރީޚް: 12-03-2023, 15:37


ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ފ.ނިލަންދޫގައި ބޭއްވި ޢާއިލީ ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުން ބައިވެރިވެއްޖެއެވެ.

މާރިޗު މަހުގެ 7 އިން 12 އަށް ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ފ.ނިލަންދޫގައި ކުރިއަށް ގެންދާ "ހަފުތާ ރެސް" ޕްރޮގްރާމުގެ ތެރެއިން މާރިޗު 11 ވަނަ ދުވަހު ބޭއްވި މި ޢާއިލީ ހަވީރުގައި ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުން ވަނީ ސްޓޯލެއް ތައްޔާރުކޮށް، ފަޔަރމަނުން އޮޕަރޭޝަންތަކުގައި ބޭނުންކުރާ އާލަތްތަކާއި ވެހިކަލް ޑިސްޕްލޭކޮށް އެތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާފައެވެ. ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި މި ހަވީރުގައި އެމްއެންޑީއެފް ސެންޓްރަލް ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ސްޓޯލަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

މި ޢާއިލީ ހަވީރުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުންނެވެ.