ތާރީޚް: 14-03-2023, 21:30
އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑުގައި ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2023"ގެ ހަރަކާތުގެ ތެރެއިން، ސ.ހިތަދޫ ސްކޫލުގެ ބެލެނިވެރިންނަށް "ކިޗަން ފަޔަރ ސޭފްޓީ" ސެޝަންއެއް ކުރިއަށްގެންގޮސްފިއެވެ.
ހިތަދޫ ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މި ސެޝަންގައި އެ ސްކޫލުގެ 42 ބެލެނިވެރިއަކު ވަނީ ބައިވެރިވެފައެވެ.
މި ސެޝަންގައި ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތުގެ މަޢލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
© mndf 2020 | All rights reserved.