ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓް ދަރިވަރުންނަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ތާރީޚް: 14-03-2023, 21:43


އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑުން ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުންނަށް ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެދިލެއްވުމަށް, އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެ ސްކޫލުގެ 50 ކެޑޭޓުން އަންނަނީ ބައިވެރިވަމުންނެވެ.

މި ތަމްރީނުތަކުގައި ފިޒިކަލް ފިޓްނަސް ޓްރެއިނިންގގެ އިތުރުން ހެވިކަމުގެ ހަރަކާތްތައް ފަރިތަކުރެވިގެން ދާނެއެވެ. އަދި މީގެ އިތުރުން 12 ކެޑޭޓަކު، ކެޑޭޓް ޑްރިލް އިނިސްޓެކްޓަރ ފެންވަރަށް ތަމްރީނު ކުރެވޭނެއެވެ.

މާރިޗު 12 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރެާމުގައި މުދައްރިބުންގެ ގޮތުގައި މަސައްކަތްކުރައްވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ޑްރިލް އިނިސްޓެކްޓަރުންނާއި ފިޒިކަލް ޓްރެއިނިންގ އިނިސްޓެކްޓަރުންނެވެ.