މަޖީދިއްޔާ ސުކޫލް ދަރިވަރުން ކޯސްޓްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފި

ތާރީޚް: 16-03-2023, 17:40


އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީއަށް، މަޖީދިއްޔާ ސުކޫލު ދަރިވަރުން މިއަދު ޒިޔާރަތްކޮށްފިއެވެ.

މަޖީދިއްޔާ ސުކޫލު ގުރޭޑް 6ގެ 81 ދަރިވަރުންނާއި 7 މުދައްރިސުން ބައިވެރިވި މި ޒިޔާރަތުގައި، އެ ސްކޫލުގެ ދަރިވަރުންނަށް ލައިފް ޖެކެޓު އަޅާނެގޮތް ވަނީ ދަސްކޮށްދީފައެވެ. މީގެއިތުރުން ޝިޕްގައި ބޭނުންކުރާ ފަޔަރ އަދި ޑައިވިންގ ކިޓްތައް ވަނީ ދައްކާލާފައެވެ. އަދި ކަނޑުމަތީގައި ހާލުގައި ޖެހުމުން ކޯސްޓްގާޑަށް ހިލޭ ގުޅޭނެ ނަމްބަރުގެ މަޢުލޫމާތު ވެސް ވަނީ ދަރިވަރުންނަށް ކިޔާދީފައެވެ.
މި ޒިޔާރަތުގައި، މަޖީދިއްޔާ ސުކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ހުރަވީގައި މަސައްކަތް ކުރަމުންދާ ސިފައިންނެވެ.