ތާރީޚް: 16-03-2023, 23:42
އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑުގައި ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2023"ގެ ހަރަކާތުގެ ތެރެއިން، ސ.ހުޅުދޫގެ ރައްޔިތުންނަށް، "ކިޗަން ފަޔަރ ސޭފްޓީ" ސެޝަންއެއް ކުރިއަށްގެންގޮސްފިއެވެ.
ސ.ހުޅުދޫ ކަނބަލުންގެ ޕާރކުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ސެޝަންގައި އެ ރަށުގެ 65 ރައްޔިތަކު ވަނީ ބައިވެރިވެފައެވެ. މި ސެޝަންގައި ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ސެޝަންގައި މަޢުލޫމާތު ފޯރުކޮށްދިނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.
© mndf 2020 | All rights reserved.