ތާރީޚް: 16-03-2023, 23:49
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ތިނަދޫ ފަޔަރ ސްޓޭޝަނުން، ގއ.މާމެންދޫ ސުކޫލް ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ގއ.މާމެންދޫ ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ސުކޫލް ގުރޭޑް 8ގެ 45 ދަރިވަރުން ބައިވެރިވިއެވެ.
މި ފަޔަރ ސޭފްޓީ ސެޝަންގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ފަޔަރ ބްލޭންކެޓާއި ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.
މި ކުލާހުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.
© mndf 2020 | All rights reserved.