ތާރީޚް: 17-03-2023, 09:26
އެމްއެންޑީއެފް މެޑިކަލް ކޯރ އިން، އަމީނިއްޔާ ސްކޫލުގެ ޓީޗަރުންނަށް "ބޭސިކް ފަސްޓް އެއިޑް" ޕްރޮގްރާމެއް ހިންގައިފިއެވެ.
މާރިޗު 16 ވަނަ ދުވަހު އަމީނިއްޔާ ސްކޫލުގައި ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި އެ ސްކޫލުގެ 40 ޓީޗަރަކު ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި، ފުރަތަމައެހީ ދޭންޖެހޭ އެކިއެކި ހާލަތްތަކުގައި، ނަފްސުގެ އިތުބާރާއެކު ފުރަތަމައެހީ ދޭނެގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުގެ މަޢުލޫމާތު ވަނީ ދީފައެވެ.
މި ޕްރޮގްރާމްގައި ކިޔަވައި ދެއްވީ މި ދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.
© mndf 2020 | All rights reserved.