ތާރީޚް: 18-03-2023, 07:29
އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑުގައި ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2023"ގެ ހަރަކާތުގެ ތެރެއިން، ގދ.ތިނަދޫގެ ރައްޔިތުންނަށް، "ކިޗަން ފަޔަރ ސޭފްޓީ" ސެޝަންއެއް ކުރިއަށްގެންގޮސްފިއެވެ.
ގދ.ތިނަދޫ މިއުޒިއަމް ޕާރކް ސަރަހައްދުގައި މާރިޗު 17 ވަނަ ދުވަހު ހަވީރު ކުރިއަށްގެންދިޔަ މި ސެޝަންގައި އެ ރަށުން 170 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ސެޝަންގައި ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ސެޝަންގައި މަޢުލޫމާތު ފޯރުކޮށްދިނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.
© mndf 2020 | All rights reserved.