ތާރީޚް: 24-05-2023, 16:20
ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ކުޑަކުއްޖަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.
ދެ މަހުގެ މި ކުއްޖާ މާލެ ގެނެސްދީފައި ވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
މި ކުއްޖާ މާލެ ގެނެސްފައި ވަނީ މެއި މަހުގެ 23 ވަނަ ދުވަހުގެ ރޭ 20:07 ހާއިރުއެވެ.
© mndf 2020 | All rights reserved.