މޯލްޑިވްސް ކޮލިފިކޭޝަންސް އަތޯރިޓީގެ ޕޮލިސީތަކާއި ގައިޑްލައިންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ތާރީޚް: 24-05-2023, 19:55


މޯލްޑިވްސް ކޮލިފިކޭޝަންސް އަތޯރިޓީގެ ޕޮލިސީތަކާއި ގައިޑްލައިންތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

މެއި 23 އިން 24 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު އެމްއެންޑީއެފް ހެޑްކްއޯޓާރޒް ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މި ޕްރޮގްރާމު ފުރިހަމަ ކުރެއްވި ފާރަތްތަކަށް ވަނީ އެކަމުގެ ހަނދާނީ ލިޔުން ދެއްވާފައެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރިމެހެމާން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ. އަދި ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައިދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޠް ވަޙީދެވެ. މީގެ އިތުރުން މި ޕްރޮގްރާމު ހިންގަވައިދެއްވީތީ އެމްކިޔުއޭއަށް ވަނީ ހަނދާނީ ފިލައެއް ދެއްވާފައެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ރާވާ ހިންގި މި ތަމްރީނު ޕްރޮގްރާމަކީ އެމްއެންޑީއެފް ގައި ކަރިކިއުލަމް ޑިވެލޮޕްމަންޓް ދާއިރާގެ ޢިލްމާއި ހުނަރު ތަރައްޤީކޮށް ދެމެހެއްޓުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރޭގައި އެކްރެޑިޓޭޝަންނާއި ޕްރޮގްރާމް އޮޑިޓްގެ އިތުރުން އިންސްޓިޓުޝަނަލް އޮޑިޓާ ގުޅޭ މަޢުލޫމާތު ވަނީ ބައިވެރިންނަށް ފޯރުކޮށްދީފައެވެ. އެމްއެންޑީއެފްގެ ހުރިހާ ސާރވިސްތަކާއި މަރުކަޒީ ތަމްރީން ސްކޫލުތަކުގެ އިތުރުން ސިފައިން ތަމްރީނުކުރުމުގައި މުހިންމު ޒިންމާތައް އަދާކުރާ ދާއިރާތަކުގެ 60 ސިފައިން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ބޭއްވުމުގެ މަޤްސަދަކީ، އެމްއެންޑީއެފްގައި ކަރިކިއުލަމް ޑިވެލޮޕްމަންޓް ދާއިރާގެ ޢިލްމާއި ހުނަރު ތަރައްޤީކޮށް ދެމެހެއްޓުމާއި އަދި ސިފައިން ތަމްރީނުކުރުމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ޕްރޮގްރާމް އެކްރެޑިޓޭޝަންއާއި، ޕްރޮގްރާމް އޮޑިޓް އަދި އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޠް ވަޙީދާއި އެމްކިޔުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލް ހަނާން މުޙައްމަދާއި ޑައިރެކްޓަރ ޖެނެރަލް މަރިޔަމް ފިޒާނާ ރަޝީދުގެ އިތުރުން ތަމްރީން ޕްރޮގްރާމުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.